- Advertisement -ad image

މާރިޔާގެ ވާހަކައިގެ ސަބަބުން ޑރ މުއިއްޒުގެ ދެމަފިރިކަނބަލުންނަށް ނުރައްކާވެއްޖެ: ޑރ ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ ވާހަކައިގެ ސަބަބުން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ދެމަފިރިކަނބަލުންގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭ އޭދަފުށީގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޝަހީމް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހައްޔަރުކުރަން ގޮވާލާފައެވެ.
އަދި ރާއްޖޭގެ ވެރިކަން ކުރަންވީ ނޮވެމްބަރު ތިނެއްގައި 19 ދިވެހިން ޝަހީދުކޮށްލި ޓެރަރިސްޓުންނާ ގުޅުންހުރި ބައެއްތޯ ޝަހީމް ވަނީ ސުވާލު އުފައްދާފައެވެ.

ޝަހީމް ވިދާޅުވީ މާރިޔާ މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހޭ ކަމަށެވެ. “ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަޅުގަނޑު ގޮވާލަނީ މާރިޔާ ވަގުތުން ވަގުތަށް ހައްޔަރުކުރަން. މާރިޔާ ހައްޔަރުކުރަންޖެހޭ” ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް މިގޮތަށް ވިދާޅުވެފައި މިވަނީ ރައީސް ސާލިހުގެ ތަރުޖަމާނުކަން ކުރައްވާ މާރިޔާ ބާއްވަމުންދާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ މުއިއްޒުގެ ދެކަނބަލުންގެ އާއިލާއަށް ނިސްބަތްކޮށް އެތައް ވާހަކަތަކެއް ދައްކަމުންނެވެ. މިސަބަބާ ގުޅިގެން ގިނަ ބަޔަކު ދަނީ މާރިޔާއަށް ފާޑު ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ