- Advertisement -ad image

މިއަދު ގައުމު ވަނީ ސިލްމާ ސަލާމަތަށް ނުރައްކާވާކަންތައްތަކަށް ހުށަހެޅިފައި: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


ގައުމުގެ ސިލްމާ ސަލާމަތަށް ނުރައްކާވާކަންތައްތަކަށް ގައުމު ގޮސް ހުށަހެޅިފައިވާ ކަމަށާއި އެހެންކަމުން މި ކަންކަމުން އަމިއްލަ އެދުމެއްނެތި ގައުމު ސަލާމަތް ކުރާނެ ވެރިއެއް ރާއްޖޭގެ ރައީސްއަކަށް އައްޔަން ކުރަން ޖެހޭ ކަމަށް ކުރަިގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމަ އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ޑރ މުއިއްޒު ހައްލު ހޯއްދަވާ ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.


އަދި ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެއް ގައުމުގެ ސަގާފަތާ އަނެއް ގައުމުގެ ސަގާފަތް ގުޅިލާމެހި ދުނިޔެ މިއަދު ދަތުރުކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ. މިފަދަ ހާލަތުގައި ގައުމުގެ ވަލިއްޔުން އަމްރު ކަމުގެ މަތިވެރި މަގާމުގައި ހުންނަން ޖެހޭނީ ގައުމީ ބަހާތައް ގަބޫލްކުރާ އެކަމަށް އަމަލު ކުރާ، ގައުމުގެ އިޖްތިމާއީ ސިފަތަކާ މަކާރިމުލް އަހްލާގު ދެމެހެއްޓުމަށް މަސައްކަތް ކުރާ ގާބިލް ތައުލީމީ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
“ އެބޭފުޅަކީ ދިވެހީންގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު “ ޝަހީމް ވިދާޅުވިއެވެ.
“އެއީ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލާފައިވާ ބޭފުޅުންތެރޭގައި ހުންނެވި އެންމެ ތައުލީމީ ގާބިލް ބޭފުޅާ. އެމަނިކުފާނަކީ ޔާމީނަށް ފަހު ރާއްޖޭގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ އެންމެ ތަޖުރިބާހުރި ބޭފުޅާ. އެއީ ޔާމީނާއެކު ކެބިނެޓްގައި 14 އަހަރު އިންނެވި ބޭފުޅެއް. މުއިއްޒަކީ ކެބިނެޓްގައި 7 އަހަރަށްވުރެ ގިނަ ދުވަހު އިންނެވި ބޭފުޅެއް. އެހެންވީމާ ދައުލަތް ހިންގުމުގެ ވަށްޓަފާޅި އެނގޭ ބައިނަލްއަގްވާމީ މުޖްތަމައު ދަންނަ ބޭފުޅަކު ވަލީއުލް އަމްރުގެ މަގާމުގައި ހުންނެވުމަކީ އެއީ ވަރަށް ވެސް މުހިންމު ކަމެއް.”. ޝަހީމް ވިދާޅުވިއެވެ.
މުއިއްޒަކީ އެކަނި ހުރި ބޭފުޅެއް ކަމަށާއި އޭނާގެ ފަހަތުގައި އެއްވެސް ބަޔަކު ނެތް ކަމަށް ވާދަވެރިން ބުނަމުންދާތީ އެކަމަށް ރައްދު ދެމުން ޝަހީމް ވިދާޅުވީ، މުއިއްޒަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ބޮޑު ސިޓީ، މާލެ ސިޓީގެ މެޔަރު ކަމަށެވެ. އަދި މާލޭ ސިޓީގެ މޭގަނޑު ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ