- Advertisement -ad image

ވޯޓުލާން ރަޖިސްޓްރީވެފައިވަނީ ރަނގަޅުތަނަށްތޯ ކަށަވަރުކުރޭ: ޕީޕީއެމް

ad image

ގުޅުންހުރި ލިޔުންތައް

އެމީހަކު ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅު ތަނަށްކަން ކަށަވަރުކުރުމާއި، އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ޕީޕީއެމުން އިލްތިމާސްކޮށްފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އާދަޔާއި ޚިލާފަށް ގިނަ ޢަދަދެއްގެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައި ކަމަށެވެ.
އެގޮތުން ހުށަހަޅާފައިވާ ފޯމު ތަކުގެ ތެރޭގައި ބައެއް ފަރާތްތަކަށް އެނގުމެއް ނެތި އެފަރާތްތަކުގެ ނަމުގައި ފޯމު ހުށަހަޅާ އެފަރާތްތައް ވޯޓުލާތަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައި ކަމަށެވެ.
“ އެހެންކަމުން، ހުށަހެޅޭ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަން ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ. އަދި އެބޭފުޅަކު ރަޖިސްޓްރީވެފައިވާ ފޮށިތައް އިޢުލާނުކޮށް ޝަކުވާއަށް ހުޅުވާލެވޭ މުއްދަތުގައި، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު ރަޖިސްޓްރީވެފައިވަނީ ރަނގަޅު ފޮށީގައިކަން ޔަގީން ކުރުމުގެ ގޮތުން އެކަން ބަލާ ޗެކުކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ނަސޭހަތްތެރިވަމެ. “ ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބައެއް ބޭފުޅުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ފޮށި ހުރިތަން ބަދަލުވެފައިވާކަންވެސް ފާހަގަވާތީ، ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ވޯޓު ލައްވާ ފޮށި ހުރި ތަން ޗެކުކުރެއްވުންވެސް އިލެކްޝަނުން އެދެއެވެ.
މީގެއިތުރުން، ވަރަށް ގިނަ ބޭފުޅުންގެ އައިޑީކާޑު ގަތުމަށް އެކި ބޭފުޅުންނަށް ގުޅުއްވާ ފައިސާ ހުށަހަޅަމުން ގެންދާތީ އެކަމަށް ސަމާލުވުމަށްވެސް ޕީޕީއެމުން އެދެއެވެ.
އަދި އެފަދަ ބައެއް ކޯލްތަކުގައި ނުވަތަ ބޭފުޅުންނާއި ބައްދަލުކޮށް އެއީ ޕީޕީއެމް ނުވަތަ ޕީއެންސީގެ ފަރާތުން ކަމުގައި ބުނަމުންދާކަމަށްވެސް ޚަބަރު ލިބޭތީ، އެފަދަ ކަމެއްގައި ޕީޕީއެމް ޕީއެންސީ ގެ ނަން ބޭނުންކުރިނަމަވެސް އެއްވެސް ފަރާތަކުން އެކަން ޤަބޫލުނުކުރެއްވުން ޕީޕީއެމުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ