- Advertisement -ad image

ޖޭޕީގެ އާންމު މެމްބަރުން މުއިއްޒުއަށް ވޯޓު ދެއްވާ: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ހުރިހާ އާންމު މެމްބަރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަށް ވޯޓު ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.
ޝަހީމް މިގޮތަށް ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން ހޮނިހިރު ދުވަހު ނިންމާފައިވާ ނިންމުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޝަހީމު ވިދާޅުވީ ޖޭޕީގެ އެންމެހާ އާންމު މެމްބަރުން ޑރ. މުއިއްޒުއަށް ތާއީދުކޮށްދެއްވުމަށް ނުހަނު އަދަބު އިޙްތިރާމާއެކު އެދޭ ކަމަށާއި އެންމެން ގުޅިގެން މި ޤައުމު ތަރައްޤީކޮށް ބިނާކުރެވޭނެ ކަމަށެވެ.

https://x.com/mohamedshaheem1/status/1703431409044697336?s=46&t=cIW0wMlGQhrk7id36HtP5A


އިންތިހާބުގެ ފުރަތަމަ ބުރުގައި 2،000 އަށްވުރެ މަދު ވޯޓު ލިބިވަޑައިގަތް ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން ނިންމާފައިވާ ނިންމުމުގެ ސަބަބުން މެމްބަރުންގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ގާނޫނީ ހައްގެއް ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ