- Advertisement -ad image

ވާދަވެރިންނަށް ރީތި ގޮތުގައި މިސާލު ދައްކާ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތްކުރޭ: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ސިޔާސީ ވާދަވެރިންނަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން އެކަން ކުރި ފެންވަރަށް ވެއްޓެން ނުޖެހޭ ކަމަށާއި އެއަށް ވުރެ ރީތި ގޮތުގައި މިސާލު ދައްކައިގެން އިންތިހާބު ކާމިޔާބު ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
މުއިއްޒު މިކަމަށް އިލްތިމާސް ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ އަތޮޅު ފުނަދޫއަށް މިރޭ ވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ އަޅުގަނޑުމެން ވާން ޖެހޭނީ އަމަލާ ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް ކަމަށާއި އެއްގޮތަކަށް ވެސް ސިޔާސީ ވާދަވެރިޔާ އަޅުގަނޑުމެންނާ ދިމާއަށް އެއްޗެއް ބުނުމުން ނޫނިއްޔާ ރުޅިއަންނަ ކަހަލަ ކަމެއް ކުރުމުން އެއަށް ރައްދު ދިނުމުގެ ގޮތުން އެމީހުން ކުރި ގޮތަށް ކަން ކުރާ ބަޔަކަަށް ވެގެން ނުވާނެ ކަމަށެވެ.
އަދި ސިޔާސީ މަސައްކަތުގައި ހިތްހަމަނުޖެހޭ ކަންކަމާއި ކުރިމަތިވާނެ ކަމަށާ ވާދަވެރީން އެކި ގޮތްގޮތުން އެކި ކަންކަން ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް ސަޕޯޓަރުންގެ ކިބައިން މުއިއްޒު އެދިވަޑައިގަތީ އެކަންކަމަށް ރީތި ގޮތުގައި ކުރިމަތި ލުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ