- Advertisement -ad image

މި ސަރުކާރު ގެންނަން މަސައްކަތްކުރެވުނީތީ ހިތާމަކުރަން، ހުއްޓާލާނީ ރާއްޖޭގެ ޗާޓުން ރީނދޫ ކުލަ ފޮހެލާފައި: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީ ސަރުކާރެއް ގެނައުމަށް 2018 ގައި މަސައްކަތް ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށާއި މިހާރު ރާއްޖޭގެ ޗާޓުގައި ރީދޫ ކޮށް އޮތް ކުޑަ ތަންކޮޅުވެސް ފޮހެލާ ރީދޫކުލަ ޗާޓުން ދުއްވާލާނެ ކަމަށް ށ.އަތޮޅު ކައުންސިލް ރައީސް މުހައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ށ. ފުނަދޫގައި ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވަނީ ޕީޕީއަށް ސޮއިކުރައްވާފައެވެ.


ސޮއި ކުރެއްވުމަށްފަހު ޖަލްސާގައި ވަރަށް ފޯރީގައި ވާހަކަ ދައްކަމުން ޝިޔާމް ފުރަތަމަވެސް ވިދާޅުވީ މިހާރުު “ރޫޅާލަން” ބޭނުންވި ހުރިހާ އެއްޗެއް ރޫޅާލެވިއްޖެ ކަމަށެވެ. މިހާރު ދެން ބޭނުމީ މިކަން ނިންމަން ކަމަށާއި، މިވެރިކަން ނިންމާލާނީ ރައީސް ޞާލިހު ބޮޑު ތަނުން ބަލިކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން ލާމަރުކަޒީ ބާރުތައް ދޫކޮށްލާނަމޭ ކިޔައި ދެއްކީ ހުސް ދަޅަކަަމަށެވެ. ކުޑަމިނުން އިހުތިސާސްގައި ހިމެނޭ ކަންކަންވެސް ނެގީ ސަރުކާރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިވަރުގެ ބަޔަކަށް މިޤައުމުގެ ވެރިކަން ދެން ދޭން ހެޔޮ ނުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިހާރު ރާއްޖޭގެ ޗާޓުގައި އެމްޑީޕީގެ ރީދޫ ކުލަ ފެންނަން އޮތީ ވަރަށް ކުޑަ ތަންކޮޅެއްގައި ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުލަކޮޅު ފޮހެލައި ރާއްޖޭގެ ޗާޓުން ރީދޫ ކުލަ ފޮހެލުމަކީ އަޒުމެއް ކަމަށެވެ. އެކަން ކުރާނީ މިހާރު އޮތް ވެރިކަންވެސް ނިމުމަކަށް ގެނައުމަށް މިކުރާ މަސައްކަތާއި އެކު އެކީގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ށ. އަތޮޅުގެ ތަރައްޤީގެ ބާނީ އަކީ ރައީސް ޔާމީން ކަމަށެވެ. އެއާޕޯޓަކީވެސް ސީދާ ރައީސް ޔާމީން ގެނެސް ދެއްވި މަޝްރޫއެއް ކަމަށާއި އެކަން ށ އަތޮޅުގެ ރައްޔިތުންނަށް އެނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ