- Advertisement -ad image

2012 އިން ފެށިގެން ތަހައްމަލް މިކުރަނީ ފަޒުނާމެން ކުރި ފުރައްސާރަ: އިހުސާން

ad image

ގުޅުންހުރި ލިޔުންތައް


2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އޭނާ އާއި އާއިލާއިން ތަހައްމަލް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އޭރުއްސުރެ ކުރަމުން ގެންދިޔަ ފުރައްސާރަކަމަށް ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ކެޕްޓަން އިހުސާން މިގޮތަށް ވިދާޅުވެފައިމިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފަޒުނާ އަހުމަދު ހިޔާ ފްލެޓު ސަރަހައްދަށް ދިޔުމުން އެތަނުގައި ތިބި ބައެއް މީހުން “ބާޣީ” އޭ ގޮވުމުން އެކަމާއި ނުރުހުންވެ ފަޒުނާގެ ފޭސްބުކުގައި ލިޔެފައިވާ ދިގު ޕޯސްޓަކަށް ރައްދު ދެއްވާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
އިހުސާން ވިދާޅުވީ އެއްވެސް މީހަކަށް ބާޣީ ގޮވުމަކީ އެމީހަކަށް އަދި އެމީހެއްގެ އާއިލާއަކަށް ތަހައްމަލު ކުރަން ފަސޭހަވާނެ ކަމެއްނޫން ކަމަށެވެ.
އަދި ތަހުޒީބީ މުޖުތަމައެއްގައި ކުރަންވާ ކަހަލަ ކަންކަމެއް ނޫން ކަމަށްވެސް އިހުސާނު ވިދާޅުވިއެވެ.


“ 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ތަހައްމަލް ކުރަމުން މިދަނީ މިހާރުގެ ރައީސާ ފަސްޓްލޭޑީ އަދި އެބޭފުޅުންގެ އެކުވެރިން އޭރުއްސުރެ އަޅުގަނޑުމެނަށް ކުރަމުން އަންނަ ފުރައްސާރަ. ސޯޝަލްމީޑިއާގަ އާއި އަނބިދަރިން ގޮވައިގެން އާއްމު ތަންތަނުގައި އުޅެނިކޮށް “ބާޣީ” ގޮވާތާ އެގާރަ އަހަރުވެއްޖެ” އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މިއީ ދިވެހި ކޮންމެ ސިފައިންގެ މީހަކާއި ފުލުހެއް އަދި އެމީހެއްގެ އާއިލާ ތަހައްމަލް ކުރާ ކަންކަން ކަމަށެވެ.
“ ފަސްޓްލޭޑީ ފަޒުނާ ބާޣީ އަކަށް ނުވާގޮތަށް އަޅުގަނޑުމެން ޔުނީފޯމްއެޅި ހުރިހާ އެންމެންވެސް ބާޣީންނަށް ވެގެން ނުވާނެ ނޫންތޯ” އިހުސާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ