- Advertisement -ad image

ލ. އަތޮޅުގައި ހަތަރު ރިސޯޓު ތަރައްގީކޮށްދެއްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ލ. އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓަށް ހަތަރު ރިސޯޓު ތަރައްގީކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމީޔާބީ ފާހަގަކުރުމަށް ހުކުރު ދުވަހު ހަވީރު ފޮނަދޫގައި ބޭއްވި ސައިކަލް ބުރަށް ފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭ ދުބާއީގެ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް ލ. އަތޮޅުން ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދޭނެ ކަމަށެވެ.

އަދި ޚާއްސަކޮށް ބަރެސްދޫ ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާނެކަމަށާއި، ލ. އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓުގެ ހަތަރު ރިސޯޓު މަދުވެގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ގާއިމްކުރާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އެ ރަށުގައި ދެތިން އަހަރެއް ތެރޭ ރިސޯޓު ތަރައްގީވެ، ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ވުމަކީ ކުރައްވާ އުއްމީދެއްކަމަށްވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ