- Advertisement -ad image

ރައީސް މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ރަށެއް ނެތް: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާ އިން ލިބުނު ބޮޑު ކާމިޔާބު ފާހަގަކުރަން ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވަނީ ދިވެހި ދައުލަތް ހިނގަމުން އަންނަތާ 4000 އަހަރު ވީއިރުވެސް މިހާތަނަށް ދިވެހިރާއްޖޭގެ ކެބިނެޓުގައި ހައްދުންމަތީގެ ބޭފުޅަކު ހިމެނިފައި ނުވާކަމަށެވެ. ނަމަވެސް ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު އެކުލަވައިލެއްވި ކެބިނެޓުގައި “އެންމެ ބާރުގަދަ” ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން ކަމަށްވާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްކަމަށް އަދުރޭ ވިދާޅުވިއެވެ.

އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް ޤަބޫލުފުޅު ނުކުރައްވާކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ، ޒަމާނުއްސުރެ ފޮނަދޫގެ ރައްޔިތުން ދެކެން ބޭނުންވާ ހުވަފެންތަކެއް އެބަހުރި ކަމަށާއި ހަޔާތުގައި ވަރަށް މަދުން ނޫނީ މިފަދަ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

އަދި ކޮންމެ ޕާޓީއެއްގައި އޭނާ ހުންނެވިޔަސް އިސް ކުރައްވާނީ ފޮނަދޫގެ ތަރައްގީ ކަމަށް އަދުރޭވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ