- Advertisement -ad image

ވެރިކަން ލިބިއްޖެނަމަ ނަޝީދަށް އިންސާފު ހޯދައިދޭނަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މި ސަރުކާރުން ވަނީ އިންސާފު ގާއިމު ކުރުމުގައި ފެއިލް ވެފައި ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމާލާގެ އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކަމަށް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ނަޝީދަށް މި ސަރުކާރުން އިންސާފު ހޯދައިދީފައި ނުވާ ކަމަށާއި އެކަމަށްޓަކައި ދޭންޖެހޭ ސަމާލުކަން ވެސް ދީފައި ނުވާކަމަށެވެ. އަދި ނަޝީދުއަށްވެސް އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

“އިންސާފުވެރި ސަރުކާރެއް ގާއިމުކުރަން އަޅުގަނޑު މިއަންނަނީ، އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް ވެސް އިންސާފު ހޯދައިދޭނީ އަޅުގަނޑުމެން ގައިމުކުރާ ސަރުކާރެއްގައި” ނަޝީދަށް ދިން ހަމަލާއަށް އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މުއިއްޒު ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން އަންނާނީ އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމްވެގެން ކަމަށާއި ޝަރުއީ ދާއިރާ ފުރިހަމަ ގޮތެއްގައި މިނިވަންކޮށްގެންވެސް އެކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ އިން ގާއިމު ކުރަނީ އިންސާފަށް ޗެމްޕިއަން ކަން ނަގާ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ