Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީލިސްޓުގައި ރާއްޖޭގެ މިސްކިތްތައް ހިމެނުމާއި ބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
​އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ) ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާއެކު ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ބެހޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާ ބައްދަލުވުން އޮތީ އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައެވެ. އިސެސްކޯގެ ޑިރެކްޓަރ ޖެނެރަލް ގެ އިތުރުން އިސެސްކޯގެ ބައެއް އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. “ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024” ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިވަގުތު ހުންނެވީ އަޒަރްބައިޖާނުގައެވެ.
​ވަޒީރުގެ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރުން ހިމެނޭއިރު، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައި ވަނީ އެކަމާ ބެހޭ ގޮތުންނެވެ. އިސެސްކޯ ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކް ވަނީ ދިވެހިރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބައްލަވަން ޖެހޭ ބެއްލެވުންތައް ބެއްލެވުމާއެކު، އެކަމާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ އެހެނިހެން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ފެހި ސިގުނަލް މިވަނީ ލިބިފައެވެ.
​އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިސްކިތްތަކާއި އާސާރީ އެހެނިހެން ބިނާ ހިމެނުމުގެ ކަންކަން ބަލަހައްޓަނީ އެ ޖަމާޢަތުގެ އެއް ގުނަވަން ކަމަށްވާ އިސްލާމިކް ވޯރލްޑް ހެރިޓޭޖް ކޮމިޓީންނެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު 18އިން 19އަށް، މޮރޮކޯގެ ރަބާޠުގައި ހުންނަ އެޖަމާޢަތުގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 213 އާސާރީ ތަންތަނާއި ތަކެތި އިތުރުކޮށްފައެވެ. އެއާއެކު އެ ލިސްޓުގައި މިހާރު 634 އާސާރީ ތަންތަނާއި ތަކެތި ވަނީ ހިމެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ތަރިކައިގެ ދާއިމީ ލިސްޓުގައި އަދި ނުހިމަނާ ބައެއް ތަންތަން ވެސް ހިމެނެއެވެ. މި ލިސްޓަކީ މާއްދީ ތަރިކައާއި މައުނަވީ ތަރިކަ ވެސް ދަފްތަރު ކުރެވޭ ލިސްޓެކެވެ.
ވަޒީރުގެ މި ދަތުރުފުޅަކީ އަޒަރްބައިޖާނުގެ މިނިސްޓަރ އޮފް ކަލްޗަރ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ