test
- Advertisement -ad image

19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ 19 ވަނަ ދައުރުގެ ފަހު ޖަލްސާ ފަށައިފި އެވެ.

މީގެ ފަސް އަހަރު ކުރިން 2019 ގައި ރައްޔިތުން އިންތިޚާބުކުރި 87 މެމްބަރުންގެ ދައުރު ހަމަވާނީ މި މަހުގެ 15 އަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނިންމެވީ ޖަލްސާތައް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށެވެ.

މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރޭގައި މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ޖަލްސާ ކަމަށްވާތީ މެންބަރުންނަށް ވާހަކަފުޅުދެއްކެވުމަށް ފުރުސަތު އެރުވުން ހިމެނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމު ވަނީ  ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި މަޖިލީހުގެ މެންބަރުން މަސައްކަތްކުރެއްވީ ވަރުބަލިކަމެއް ނެތި، ވަރަށް ހީވާގިކަމާއެކުކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާވަނީ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ %33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވަނީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވައިފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރައްވާނީ މި މަހުގެ 28 ގަ އެވެ.

ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 73 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 77 އަށް މިހާރު ވަނީ އަރާފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވަނީ 12 ގޮނޑި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ