- Advertisement -ad image

ގްރޭޓަރ މާލެ ސަރަޙައްދު ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިގެން ގެދޮރުގެ މައްސަލަ ހައްލު ކުރާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ގްރޭޓަރ މާލެ ސަރަޙައްދު ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިގެން އެންމެ ފުރަތަމަ އަހަރުގެ ތެރޭގައި ގެދޮރު ބިނާކުރުމަށް މަސައްކަތްކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެއީ ފުށި ދިއްގަރު ފަޅުގެ 900 ހެކްޓަރާއި ގުޅީފަޅުގެ ބާކީ ހިއްކެން އޮތް ގާތްގަނޑަކަށް 260 ވަރަކަށް ހެކްޓަރުގެ ބިން އަދި ގިރާވަރު ފަޅުން ހިއްކެން އޮތް ގާތްގަނޑަކަށް 125 ހެކްޓަރުގެ ބިން މިހާރު ހިއްކާބަޔަށް އިތުރުކޮށްގެން ބިންހިއްކާ އެތަނުގައި ގެދޮރު އިމާރާތްކުރަން ފަށާނެ ވާހަކަ ކަމަށެވެ.
އަދި މިތަންތަން ހިއްކަން ފައިނޭންސް ހޯދާނެ ގޮތް އެނގޭ ކަމަށާއި އެއީ ކޮންޓްރެކްޓަރ ފައިނޭންސް އާއި އިންވެސްޓަރ ފައިނޭންސް ފަދަ މެކޭނިޒަމްގެ ތެރެއިންނާއި ސީދާ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ވެސް ކުރެވޭނެ ގޮތްތައް ހޯދައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.


“ ޤައުމިއްޔަތު ދަސްކޮށްދީ ދިވެހި ބަހާއި އިސްލާމްދީނަށް ލޯބި ޖެއްސުމަށް މުޤައްރަރުގައި ހިމެނުމަށް އަޅުގަނޑުމެން ހުށައަޅާއިރު އަނެއް ބަޔަކު ހުށައަޅަނީ ގައުމިއްޔަތު ނެތިވެގެންދާ ގޮތަށް އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދޭން.
މިކަމުން ސާފުކޮށް އެނގެނީ ހަމައެކަނި އޮތް ޗޮއިސް އަކީ ދިވެހިންގެ ރާއްޖެ އަށް ދިއުންކަން “ މުއިއްޒު ވިދާޅުވިއެވެ.
ދިވެހީންނަކީ ޤައުމުދެކެ ލޯބިވާ ބައެއް ކަމަށާއި ޤައުމަށް ދެރައެއްވާކަށް ދިވެހި ރައްޔިތުންނެއް ނޭދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ