- Advertisement -ad image

ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެ ބިމުން މުސްލިމުންގެ ވަސްވެސް ފޮހެލަން: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެ ބިމުން މުސްލިމުންގެ ވަސްވެސް ފޮހެލަން ކަމަށާއި އެގޮތުން އަލްގުދުސްގައި ޔަހޫދީންނަށް ގެދޮރު އަޅައިދީ އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއުތައް ދަނީ ހިންގަމުން ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ ފަލަސްތީނާއި އިސްލާމީ އުއްމަތް “ މިއެވެ.
އެގޮތުން ހުތުބާގައި ބުނީ ފަލަސްތީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާއި ގުޅިލާމެހިފައިވާ ބިމެއް ކަމަށާއި އެއީ الله تعالى މާތްކުރައްވާފައިވާ ބިމެއް ކަމަށެވެ. ފަލަސްތީނުގެ ބިމަކީ އެންމެ ގިނަ ނަބީބޭކަލުން އެބިމެއްގައި އުފަންވެ ވަޑައިގަތް ބިމެވެ. އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިމެވެ.
ހުތުބާގައި ބުނީ އިސްލާމީ އުތްމަތަކީ އެއް އުއްމަތެއް ކަމަށާއި ހުރިހާ މުސްލިމުންނަކީ އުހުވަތްތެރި ބައެއް ކަމަށެވެ. މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތިހާލަތެއްގައި އެމީހުންނަށް އެހީތެރިވުމަކީ މުސްލިމު އުތްމަތުގެ ވާޖިބެއް ކަމަށެވެ.
“ ފަލަސްތީނުގެ ރައްޔިތުންކުރެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ހުވަފަތް އަންހެނުންނާއި، ޅަދަރިންގެ ނުކުޅެދުންތެރިކަމާއި، އެމީހުންގެ ބޯމަތިން ކެނޑިނޭޅި އުދުހެމުންދާ ރޮކެޓްތަކުގެ ބިރުވެރިކަން އިހުސާސްކުރެވޭ ކޮންމެ މުސްލިމަކު އެމީހުންގެ ތެދުވަންވެއްޖެ “ ހުތުބާގައި ބުނެފައިވެއެވެ.
އިތުރަށް ހުތުބާގައި ބުނީ އެންމެ އަސާސީ ހައްގުތަކުން މަހުރޫމު ކުރެވި އަނިޔާލިބި، އަމިއްލަ ބިން ފޭރިގަނެވިފައިވާ މުސްލިމުން، އެބައިމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީއަތާއި، ބައިނަލް އަގުވާމީ ގާނޫނުތަކުގައިވެސް އެބައިމީހުންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
މިދިޔަ ހޮނިހިރު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ މުސްލމުންނާއި ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ 1400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ