- Advertisement -ad image

ދައުލަތަށް ފައިދާވާ މަޝްރޫޢެއް ނުހިންގި މި ސަރުކާރުގެ ދަރަނިވީ ބޮޑު: ސައީދު

ad image

ގުޅުންހުރި ލިޔުންތައް


ދައުލަތަށް އާމްދަނީ ލިބޭނެ ފައިދާހުރި ބޮޑު މަޝްރޫޢެއް ނުހިންގި މި ސަރުކާރުގެ ދަރަނިވީ އިތުރުކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސަޢީދު މިހެން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ “ދިވެހީންގެރާއްޖެ” ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ޙާލަތު މިވަގުތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައިކަމަށެވެ. އެގޮތުން ބޭރުގެ ދަރަނި ގާތްގަނޑަކަށް 125 ބިލިއަން ރުފިޔާއަށް އަރާއިރު، މި ސަރުކާރުން އެކަނި އުފަންކުރި ދަރަނި ގާތްގަނޑަކަށް 75 ބިލިއަން ރުފިޔާއަށް އަރާކަން ސަޢީދު ފާހަގަކުރެއްވިއެވެ.

ސަޢީދު ވިދާޅުވީ، މި ސަރުކާރުގެ ބޮޑު ދަރަންޏެއް އޮތްނަމަވެސް، ދައުލަތަށް ޢަމްދަނީއެއް ވަންނާނެ ފަދަ ފައިދާހުރި ބޮޑު މަޝްރޫޢެއް މި ސަރުކާރަށް ހިންގިފައި ނުވާކަމަށެވެ. އަދި ތިލަމާލޭ ބްރިޖު މަޝްރޫޢު ނުނިމި ދިގުލައިގެން ދިޔުން މިކަމުގެ މިސާލަކަށް ފުދޭކަމަށް ސަޢީދު ވިދާޅުވިއެވެ. ހަމައެހެންމެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ސައްކަތްވެސް ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވަނީ ސިޔާސީ އެކި ބޭނުންތަކަށް މި ސަރުކާރުން ދަރަންޏަށް ނެގި ފައިސާ ބޭނުންކޮށްފައިވާކަމަށް ތުޙުމަތު ކުރައްވާފައެވެ. އަދި ޢާމްދަނީ ލިބޭ މަޝްރޫޢެއް ނެގި ލޯނުތަކުން ނުހިންގޭކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

“އަވަށްޓެރި ބައެއް ޤައުމުތަކުން، ޚާއްސަކޮށް އިންޑިއާއިން ނަގާފައިވާ ދަރަނި 3.2 ބިލިއަން 3.5 ބިލިއަން އެމެރިކާ ޑޮލަރަށް އެބަ އަރާ. އެހެންނަމަވެސް، އެ ނެގި ދަރަންޏެއް ރިއަލައިޒް ވެފައެއް ނެތޭ މަޝްރޫޢަކަށެއް. ސީދާ ޢާމްދަނީ ލިބޭނެ މަޝްރޫޢަކަށް.” ސަޢީދު ވިދާޅުވިއެވެ.

ޕީ.އެން.ސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ސަޢީދު ވިދާޅުވީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިންގެ މަސްލަޙަތާއި ތަރައްޤީއާއި ކުރިއެރުމަށް އިސްކަންދޭ ސިޔާސަތެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ