- Advertisement -ad image

ރަސްމިއްޔާތަށް ދައުވަތު ދެނީ ގައުމުތަކަށް، ރަސްމިޔާތުގައި ބައިވެރިވާ ފަރާތް ނިންމާނީ އެ ގައުމަކުން: ފިރުޒުލް

ad image

ގުޅުންހުރި ލިޔުންތައް


ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު ފޮނުވަނީ ރާއްޖެ އާއި ގާތް ގުޅުން އޮންނަ ގައުމުތަކަށް ކަމަށާއި ދައުވަތު ފޮނުވާއިރު ވަކި ފަރާތެއްގެ ނަން ޖަހާފައި ނޯންނާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.
ޑރ މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތުދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމަށް އިޝާރާތް ކުރައްވާ އިންތިހާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް ވިދާޅުވީ އެ ރަސްމިއްޔާތަށް ދައުވަތު ދިނުމުގައި ވަކި އެއްވެސް ދައުވަތަކަށް ހާއްސަ ފޯކަސްއެއް ނުދޭ ކަމަށާއި އަވަށްޓެރި ހުރިހާ ގައުމަކަށާއި ދިވެހިރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ވަރަށް ގިނަ ގައުމުތަކަށް ރަސްމިއްޔާތަށް ދައުވަތު އަރުވާފާވާނެ ކަމަށެވެ.
“ ދައުވަތު ފޮނުވާ މިހާރު ވަނީ ނިމިފައި. ދައުވަތު އަރުވަނީ ގައުމުތަކަށް އަދި ޖަމިއްޔާތަކަށް. ވަކި ބޭފުޅަކަށް ނޫން. އެގައުމެއް ނުވަތަ ޖަމިއްޔާއެއް ތަމުސީލު ކުރައްވަން ވަޑައިގަންނަވާނެ ޑެލިގޭޝަން ކަނޑައަޅާނީ އެ ގައުމަކުން ނުވަތަ އެ ޖަމިއްޔާއަކުން “ ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން ތަރުޖަމާނު ވިދާޅުވީ ދިވެހިރާއްޖެ އާއި ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ ވަރަށް ގިނަ ގައުމުތަކާއި އަދި މަލްޓިލޭޓްރަލް އޯގަނައިޒޭޝަންތަކަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ.
ޑރ މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ 17 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރު 16:45 ގައި ޖުމުހޫރީ މައިދާނުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ