- Advertisement -ad image

ވެލާނާ އެއަރޕޯޓުގެ މަސައްކަތް ނިންމާލުމަށް ޑރ މުއިއްޒު 1.2 ބިލިއަން ރުފިޔާ ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މުޅިން ނިންމާލުމަށް އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 1.2 ބިލިއަން ރުފިޔާ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހޯއްދަވައިފިއެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އޭޑީއެފްޑީން އެ ފައިސާ ހަމަޖައްސައިދިނީ ހޯމަ ދުވަހު ޑރ މުއިއްޒު އަބޫދާބީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ، އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިންމުމަށް އިންތިހާބީ ރައީސް އިސްކަމެއް ދެއްވަނީ އެއީ ރާއްޖޭގެ އިގްތިސާދަށް މިވަގުތަށް އެންމެ މުހިއްމު މަޝްރޫއުއަކީ އެއާޕޯޓު މަޝްރޫއު ކަމަށް ވާތީ ކަމަށެވެ.

“މި މަޝްރޫއަށް ކުރިން ކަނޑައެޅި އަގަށް ވުރެ އެތައްތަނެއް ބޮޑަށް އަގު އުފުލިފައިވާކަން، ބޭނުންވެފައިވާކަން ވަނީ ފާހަގަކުރެވިފައި. އަދި ހަމަ އެހެންމެ، އިތުރުވި އަގުގެ ތެރެއިން މަސައްކަތް ނިންމުމަށްޓަކާ އިތުރަށް 79.8 މިލިއަން ޑޮލަރު ހޯދަން ޖެހިފައިވާ ކަން. ކުރިން އަޅުގަނޑު ފާހަގަކުރިން ޔޫއޭއީ އަށް އަމިއްލަ ދަތުރުފުޅުގައި ލިބިވަޑައިގެން ފުރުސަތުގެ ތެރެއިން ޔޫއޭއީ ސަރުކާރުން އަބޫ ދާބީ ފަންޑުގައި އެ ފައިސާ ހަމަޖައްސަވާދޭން އެދިފައިވޭ،” ފިރުޒުލް ވިދާޅުވިއެވެ.
ވެލާނާ އެއަރޕޯޓު އައު ޕެސެންޖާ ޓާމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވާއިރު އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ސައުދީ ފަންޑުން ވަނީ އެއްބަސްވެފަ އެވެ.

އެހެންކަމުން ދެން ބޭނުންވާ 100 މިލިއަން ޑޮލަރުގެ ތެރެއިން 80 މިލިއަން ޑޮލަރު ޔޫއޭއީ ސަރުކާރުން ހަމަޖައްސައިދޭނީ އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އެހެންކަކުން އެއާޕޯޓުގެ މަސައްކަތް ނިންމަން ދެން އިތުރަށް 20 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ބެލެވުނު ނަމަވެސް އެ އަދަދު ބޭނުން ނުވާނެ ކަމަށް ވެސް ފިރުޒުލް ފާހަގަކުރެއްވި އެވެ.

އަންނަ އަހަރުތެރޭ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށުމަކީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ. އަދި 2026ވަނަ އަހަރުތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމާ ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ޑރ. މުޢިއްޒުވަނީ މީގެކުރިން ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ