- Advertisement -ad image

ރައީސް މުއިއްޒުގެ ވެރިކަމެއްގައި އައްޑޫ ސިޓީއަށް ހީނުކުރާވަރުގެ ބޮޑު ބަދަލެއް އަންނާނެ: ގައްސާން

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް މިއޮތް ފަސް އަހަރުގެ ތެރޭގައި ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި އައްޑޫ ސިޓީއަށް ހީނުކުރާ ވަރުގެ ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ‘ދިވެހީންގެ ރާއްޖެ’ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވީ، އައްޑޫ ސިޓީގެ އިގުތިސާދަށް މާނައަކީ ރައްޔިތުންގެ ޖީބަށް އެކަން އިހުސާސްވާވަރުގެ ބޮޑެތި ބަދަލުތައް އަންނައިރު އެއީ ހަމައެކަނި އުމުރާނީ ތަރައްގީ ނޫން ކަމަށާއި ވަޒީފާގެ ފުރުސަތުތައްވެސް އުފެދިގެންދާނެ ކަމަށެވެ.
އަދި ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް މާލެ އަށް އެއްވެސް ފަރުވާއެއް ހޯދަން އައްޑޫ ސިޓީގެ ރައްޔިތުން އަންނަން ނުޖެހޭ ފެންވަރަށް ސިއްހީ ނިޒާމު ތަރައްގީ ކުރައްވާނެ ކަމަށާއި މިހާރުގެ ހޮސްޕިޓަލާއި އެނޫންވެސް ފެސިލިޓީތައް ހަރުދަނާ ކޮށްދެއްވާނެ ކަމަށް ގައްސާން ވިދާޅުވިއެވެ.
“ އަޅުގަނޑަށް ޔަގީން އިރާދަކުރެއްވިއްޔާ އިހުމާލުވެވަޑައެއް ނުގަންނަވާނެ. އައްޑޫ ސިޓީއަށް ވަރަށް ފާގަތި ފަސް އަހަރެއް ޑރ މުއިއްޒުގެ ވެރިކަމުގައި ފެނިގެންދާނެ “ ގައްސާން ވިދާޅުވިއެވެ.
އިތުރަށް ގައްސާން ވިދާޅުވީ ޑރ މުއިއްޒު ކުރައްވާނީ ވަރަށް އިންސާފުވެރި ވެރިކަމެއް ކަމަށާއި ދިވެހި ކޮންމެ ރައްޔިތެއްވެސް އިންތިހާބީ ރައީސް އަށް ވަރަށް މުހިންމު ވާނެ ކަމަށެވެ.
އެގޮތުން ޢިންތިހާބީ ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި އައްޑޫ ސިޓީއަކީ ދިވެހި މުޅި އިގުތިސާދު ކުރިއެރުވުމުގައި ދިވެހިރާއްޖެ ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ހިއްސާއެއް ވާނެ ތަނެއް ކަމަށްވެސް ގައްސާން ވިދާޅުވިއެވެ. އެހެންވީމާ ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ވަރަށް މުހިންމު އިސްކަމެއް ޑރ މުއިއްޒު ދެއްވާނެ ކަމަށް ގައްސާން ތަކުރާރުކޮށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ