- Advertisement -ad image

ޑރ މުއިއްޒުގެ ކެމްޕެއިން ވައުދުތަކާއި ވާހަކަފުޅުތައް ހިމެނޭ ހާއްސަ ފޮތެއް ނެރެފި

ad image

ގުޅުންހުރި ލިޔުންތައް


އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ޚާއްސަ ފޮތެއް ނެރެދެއްވައިފިއެވެ.
މި ފޮތް ނެރެދެއްވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއަރޕާރސަން ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

މި ފޮތުގައި ވަނީ މި އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް ޑރ. މުޢިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނާފައެވެ. ޖުމްލަ 900 ސޮފުހާ ހިމެނޭ މި ފޮތުގައި އިންތިޚާބީ ރައީސްގެ ވާހަކަފުޅުތަކުގެ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކާ ގުޅޭ ހަނދާނީ ފޮޓޯތަކާއި، އެ ރަށަކަށާއި، އަތޮޅާއި ޤައުމަށް ވެވަޑައިގެންނެވި ވައުދުތައް ވަކިން ފެންނާނެހެން ހިމަނާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، 5 ސިޓީއަށް ވަޑައިގެން 205 ފަހަރު ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ