މާލެ ސިޓީގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރ އަލްއުސްތާޒާ ފާތިމަތު ޝަމުނާޒު އަލީ ސަލީމު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝަމްނާޒު އިސްތިއުފާ ހުށަހަޅުއްވާފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ޝަމުނާޒު އިސްތިއުފާ ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ރަސްމީގެކޮޅު މުލިޔާގޭގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ވަޑައިގަތުމަށެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންވައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ އިންތިހާބު ކާމިޔާބުކޮށް ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ މުހައްމަދު މުއިއްޒު ކުރެއްވުމާއި ގުޅިގެން މިވަގުތު މާލެސިޓީގެ މޭޔަރުގެ މަގާމުވެސް ވަނީ ހުސްވެފައެވެ. އަދި މީގެއިތުރުން ކައުންސިލަރ އާދަމް ރަމީޒް އަދި ކައުންސިލަރ އަބްދުالله ނާސިރު ވެސް ރައީސް އޮފީހުގެ މިނިސްޓަރުންނަށް އައްޔަންކުރުމާއެކު އެ ދެ މަގާމުވެސް ވަނީ ހުސްވެފައެވެ.