- Advertisement -ad image

މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވައްދަން  2000 އަށް ވުރެ ގިނަ ފޯމު

ad image

ގުޅުންހުރި ލިޔުންތައް

އަންނަ ދިރާސީ އަހަރުގައި މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވެއްދުމަށް އެދި 2000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.

އެ ވުޒާރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ގްރޭޑު އެކަކަށް ވެއްދުމަށް އެދި 2290 ދަރިވަރެއްގެ ފޯމު ވަނީ ހުށަހަޅައިފައެވެ. އަދި ގްރޭޑް 1 ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް އެދި 1450 ފޯމް ލިބިފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ސުކޫލުތަކުން މާލެ ބަދަލުވާ 790 ދަރިވަރުންނާއި މާލޭގެ އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލުވާ 660 ދަރިވަރުންގެ ފޯމެވެ.

މިނިސްޓްރީން ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހަޅާ ހުރިހާ ފޯމްތަކަށް މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޖަވާބު ފޮނުވާނެ ކަމަށް ބުނެފަ އެވެ.

ދަރިވަރުން ސުކޫލަށް ވެއްދުމާއި ބަދަލުކުރުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ ހަތް ވަނަ ދުވަހުގެ 14:00 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ