- Advertisement -ad image

ދަތުރުކުރާއިރު “ޓްރެވެލަރ ޑެކްލަރޭޝަން” ފޯމު ފުރަންނުޖެހޭ ގޮތަށް ހަދައިފި

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިން ރާއްޖެއިންބޭރަށް ދަތުރުކުރާއިރު “ޓްރެވެލަރ ޑެކްލަރޭޝަން” ފޯމު ފުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާފައެވެ.

އެގޮތުން، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައި، މިއަދުން ފެށިގެން “ޓްރެވެލަރ ޑެކްލަރޭޝަން” ފޯމު ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ނިންމަވާފައެވެ.

ދަތުރުކުރާ ދިވެހިންނަށް އިމިގްރޭޝަނުން މި ލުއީ ދީފައި މިވަނީ މި ފޯމު ތަޢާރަފުކުރިތާ 3 އަހަރާއި 4 މަސް ދުވަސް ފަހުންނެވެ.
ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން “ޓްރެވަލް ހެލްތު ޑެކްލަރޭޝަން” ފޯމެއް ފުރަންޖެހޭގޮތަށް ކަނޑައެޅީ 15 ޖުލައި 2020 ގައެވެ. އަދި އެއަށްފަހު 14 މާރިޗު 2021 ގައި މި ފޯމު ވަނީ އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި “ޓްރެވެލަރ ޑެކްލަރޭޝަން” ގެ ނަމަށް ބަދަލުކޮށްފައެވެ.

މި ފޯމު ރާއްޖެއަށް އަންނަ އަދި ފުރާ އެންމެހާ ފަރާތްތަކުން ފުރިހަމަކުރަން ޖެހެއެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ