- Advertisement -ad image

ހިތަށްއެރިގޮތަކަށް މާލެ ފޮތިފޮތިކޮށްލާފައި ސަރުކާރަށް ޖެއްސުން ކުރާކަށް ފުރުސަތެއް ނުދޭނަން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސަރަހައްދުގެ ގޯތިތައް ހިތަށްއެރިގޮތަކަށް ބޭނުން ބަޔަކަށް ބަހާލާފައި ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް ޖެއްސުން ކުރަން ފުރުސަތު ނުދޭނެ ކަމަށް މަޖިލީހުގެ ކުރީގެ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
2024 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަކީ މެންބަރުންގެ މައްޗަށް އަހުލާގީ ގޮތުން ވާޖިބު ކަމެއް ކަމުގައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ ހައިދަރަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގޮވާލައްވާފައެވެ. މިކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ހައުސިންގ މިނިސްޓަރު ޑރ.އަލީ ހައިދަރަށް އެމަނިކުފާނުގެ އިތުބާރު އެބައޮތް ކަމުގައެވެ.

އަދި ރައްޔިތުންގެ ވޯޓަކުން ވެރިކަން ބަދަލުކޮށްފައި ވާއިރު ވެރިކަމުގައި އެކުލެވޭ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ އަހުލާގީ ގޮތުން ވާޖިބުކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ހައިދަރަށް އިތުބާރު ނެތްކަމަށް ވިދާޅުވެ މީކާއިލް ވާހަކަ ދެއްކެވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ރައީސް އިބްރާހީމްގެ ސަރުކާރުން ފްލެޓުތައް ދޫކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް, އެ ޕްރޮސެސް ރިވިއު ކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވުމާއި ގުޅިގެންނެވެ. 

ހައިދަރުގެ އެވާހަކަތަކަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ, ފްލެޓަށް އެދުނު ވަރަށް ގިނަ ފަރާތްތަކުން މައުލޫމާތު ދީފައިވަނީ ނުބައިކޮށް ކަމަށާއި އެހެންކަމުން ފްލެޓުގެ ހައްގުވެރިންނަކީ ކޮބައިތޯ ބަލަންޖެހޭނެ ކަމަށެވެ.

ރައީސް އިބްރާހީމްގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ދެވަނަ ދައުރެއް ހޯއްދެވުމުގެ ބޭނުމުގައި މުޅި މާލެ ފޮތިފޮތި ކޮށްލާފައިވާ ކަމަށާއި, ބޭނުންފުޅު ބަޔަކަށް ފްލެޓާއި ގޯތި ބައްސަވާފައިވާކަމަށެވެ. 

އަދި އެހެން ކަމުން ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމާއި, ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނު ހިންގެވި ޖަރީމާތައް ބަލައި ފިޔަވަޅު އެޅުއްވުމަށް ނަޝީދު ގޮވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ