- Advertisement -ad image

އަސާސީ ގަވައިދާ ހިލާފަށް ޕީޕީއެމް ބަދުނާމް ކޮށް ޕާޓީ ބައިބައިކުރަން މަސައްކަތްކޮށްފައިވާތީ މަލީހު ސަސްޕެންޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމް/ޕީއެންސީގެ އަސާސީ ގަވައިދާ ހިލާފަށް ޕީޕީއެމް ބަދުނާމް ކޮށް ޕާޓީ ބައިބައި ކުރުމުގެ މަސައްކަތެއް ކުރައްވާތީ ކުރީގެ ވަޒީރު މަލީހު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށް އޭނާގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.
ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި ސުލޫކީ ކޮމިޓީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޕީޕީއެމް ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ޕާޓީ ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރެއްވުމުގެ މަސައްކަތްތަކެއް މަލީހް އިސްކޮށް ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަން ޕާޓީގެ ލީޑަޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ޕާޓީގެ ލީޑަޝިޕް އަދި ސެނެޓަށް އެނގުމެއް ނެތި އަމިއްލަ އަށް ކޮމިޓީތައް އުފައްދަވައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ލީޑަޝިޕް ނުވަތަ ސެނެޓްގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑް ކުރައްވައި އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމްކޮށް ބައިބައި ކުރުމުގެ މަސައްކަތެއް މަލީޙް ކުރައްވާފައިވާ ކަމަށް ވެސް ދެ ބޭފުޅުންގެ ސިޓީގައިވެއެވެ.
އެ ސިޓީގައި ވަނީ މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަން ދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަލީހް ބައިވެރިވެގެން ނުވާނެ ކަން ވެސް އަންގައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ