- Advertisement -ad image

ޕީޕީއެމް އޮތީ ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި: މިނިސްޓަރ ޣައްސާން

ad image

ގުޅުންހުރި ލިޔުންތައް


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އޮތީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއެކު ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި މިނިސްޓަރ އޮފް ޑިފެންސް ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ޣައްސާން ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރުގެ ހިމާޔަތުގައި ‘އަތާއި އަތް ގުޅައިގެން’ މަސައްކަތް ކުރުމަށް ގޮވައިލައްވައިފައެވެ. އަދި ކެރުމާއި އިޚްލާސްތެރިކަމާއެކު އެ ކަމުގައި ސާބިތުވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
އަދި ގައުމަށް ހެޔޮއެދޭ އެންމެހާ ރައްޔިތުން ރައީސް ޑރ. މުއިއްޒާއެކު ތިބުމަށް ވެސް ޣައްސާންވަނީ ގޮވައިލައްވައިފައެވެ.

“ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއެކު. ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއިއަތް ގުޅައިގެން މި ތިބި ސަފުތަކުގައި ކެރުމާއި އިޚްލާސްތެރިކަމާއެކު ސާބިތުވެހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒާއެކު ކުރިއަށް ވަޑައިގަތުމަށް ގޮވައިލަން،” ޣައްސާން ކުރެއްވި ޕޯސްޓުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ