- Advertisement -ad image

ރައީސް މުއިއްޒާއެކު ތިބުމަކީ ޤައުމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެން އޮތް މަގު: މިނިސްޓަރ ޒަމީރު

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއެކު ތިބުމަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެން އޮތް މަގު ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ޤައުމާއި ރައްޔިތުންގެ އުންމީދުތައް އެހެން އެއްވެސް ބަޔަކާއި އެއްޗަކާއި ކަމަކަށް ވުރެ ބޮޑު ކަމަށެވެ.
ކުރިއަށް އޮތް 5 އަހަރަށް ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ޚިދުމަތްކުރަން ފެށިފައިވާއިރު، ދެމިތިބޭނީ ރައީސް މުއިއްޒާއެކު ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

‏އަދި ޕީޕީއެމް-ޕީއެންސީއާ އެކު އިޚްލާސްތެރިކަމާ އެކު ކުރިއަށްގޮސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރައްޔިތުންނަށް ހުށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޛްކުރުމުގައި ބަދަހި ސަފުތައް ސާބިތުވެ ދެމިތިބޭނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ