- Advertisement -ad image

ރައީސް މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަންވެސް ކުރާނަން: މިނިސްޓަރ ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ގެނައުމަށް މަދައްކަތް ކުރި ފަދައިން މިވެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ގެނައި ވެރިކަމެއް ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރު ހިމާޔަތްކޮށް ދަމަހައްޓަން ކުރަންޖެހޭ ކަންކަން ކުރުމުގައިވެސް ފަސް ނުޖެހޭނެ ކަމަށެވެ.
މިނިސްޓަރ ޝަހީމް އަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޑރ މުއިއްޒު ފެއްޓެހި ހިސާބުންވެސް އެންމެ އިސްކޮށް ކެމްޕެއިންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ