- Advertisement -ad image

ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ވާންވީ މި އުފެދުނު ގައުމީ ސަރުކާރާއެކު: މިނިސްޓަރ ހަލީލް

ad image

ގުޅުންހުރި ލިޔުންތައް


ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ވާންވީ މި އުފެދުނު ގައުމީ ސަރުކާރާއެކު ކަމަށާއި ފަހަތަށް ބެލުމެއްނެތި ދާނީ ރައީސް މުއިއްޒާއެކު ކުރިޔަށް ކަމަށް ހެލްތް މިނިސްޓަރ ޑރ އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހަލީލް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ދިވެހިރައްޔިތުން އެދެނީ ގައުމުގެ ޙާލަތު ބަދަލުކުރަން ކަމަށާއި ރައްޔިތުން އެދޭ ބަދަލު ގެންނަން ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އެވަޢުދުފުޅާއެކު ކަމަށާއި ރާއްޖޭގައިހުރި ބޮޑެތި މައްސަލަތައް ޙައްލުކުރާނެކަމުގެ އެޖެންޑާއާއެކު ކަމަަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
‏” ހަލަބޮލި 5 އަހަރަށް ފަހު ރައްޔިތުން އެދެނީ ހިތްހަމަޖެހުމާއެކު ދިރިއުޅެން. ރައްޔިތުން އެދެނީ ދިވެހި ގައުމުގެ ގެއްލިފައިވާ ހައިބަތު އިޢާދަކުރަން. ދަރަނި ދަންތުރައިން ނުކުންނަން. ބޯހިޔާވަހިކަން ޙައްލުކުރަން. ރައްޔިތުން މިއެދޭ ބަދަލަށް އިންތިޒާރުނުކޮށް ގައުމު ހަލަބޮލިކުރަން ނުކުންނަމަ އެދެއްކެނީ މަވެތިކަމުގެ އިންތިހާ. ގައުމާ ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ވާންވީ މި އުފެދުނު ގައުމީ ސަރުކާރާއެކު “ ހަލީލް ވިދާޅުވިއެވެ.
‏އަދި އެއްވެސް ގައުމަކަށްވުރެ އެއްވެސް ފަރުދެއް ބޮޑެއް ނުވާނެ ކަމަށާއި ފަހަތަށް ބެލުމެއްނެތި ދާނީ ރައީސް ޑރ.މުޢިއްޒުއާއެކު ކުރިޔަށް ކަމަށްވެސް ކުރީގެ ނިލަންދޫ ދާއިރާގެ މެންބަރު ހަލީލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ