- Advertisement -ad image

މިވެރިކަމަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ވެރިކަމަކަށް ހެދުމަށް މިހުރީ ސާބިތުކަމާއެކު: ނައިބުރައީސް

ad image

ގުޅުންހުރި ލިޔުންތައް


މިވެރިކަމަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށްހެދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒާއެކު ސާބިތުވެ ހުންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވެރިކަމަކީ އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. އަދި މިއީ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށާއި ރައްޔިތުން އިހުތިޔާރުކުރީ ރައީސް ޑރ މުއިއްޒުގެ ތަސައްވުރު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
“ އެމަނިކުފާނު އިސްކުރައްވާނީ ތިޔަ ރައްޔިތުންގެ މަސްލަހަތު “ ނައިބުރައީސް ސެމްބެ ވިދާޅުވިއެވެ.
އެހެންކަމުން މިވެރިކަން ދެމެހެއްޓުމަށްޓަކައި ސާބިތުކަންމަތީގައި ޑރ މުއިއްޒާއެކު ދެމިހުންނަވާނެ ކަމަށްވެސް ނައިބު ރައީސް ހުސެއިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ