- Advertisement -ad image

ރައީސް މުއިއްޒުގެ ވެރިކަމަކީ ދިވެހިންގެ އުއްމީދުތަކުގައި ކުލަ ޖައްސާނެ ހުވަފެންތައް ހަގީގަތަކަށް ހަދާނެ ވެރިކަމެއް: ރައްޒާން

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހިންގެ އުއްމީދުތަކުގައި ކުލަ ޖައްސާނެ، ހުވަފެންތައް ހަގީގަތަކަށް ހަދާނެ ވެރިކަމަކަށް ކަމަށް ޕީޕީއެމްގެ ސެނެޓަރ އިބްރާހިމް ރައްޒާން ވިދާޅުވެއްޖެއެވެ.
ރައްޒާން ވިދާޅުވީ ދިވެހި އިޤްތިސާދާއި އިޖުތިމާއީ ފޭރާން ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވޭނެ ވަރުގެ އިލްމީ ގާބިލް ލީޑަރެއް މިފަހަރު ހޮވުނީތީ ﷲއަށް ހަމްދުކުރާ ކަމަށެވެ.
ރައްޒާން ވަނީ މީގެކުރިންވެސް، ޑރ މުއިއްޒުގެ ވެރިކަން ދިފާއު ކުރަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެކަމުގެ ޔަގީންކަން ޕީޕީއެމް ޕީއެންސީގެ މެންބަރުންނަށް ދެއްވާފައެވެ.
ނިމިގެންދިޔަ ފަސްއަހަރު ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅުން ބޭއްވި އެއްވުންތަކުގައި ރައްޒާން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ