- Advertisement -ad image

އެއް މިސްކިތުގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާމެދު އިސްލާމިކް މިނިސްޓަރު އާއްމުންގެ ޚިޔާލު ހޯއްދަވަނީ!

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ ކޮންމެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާއިމެދު އާއްމުންގެ ހިޔާލު ހޯދުމަށް ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު ހުކުރަށްފަހު މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭއަކީ ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ޤައުމަކަށްވެފައި އަމުދުން މާލޭ ސިޓީ ސަރަހައްދުގައި ގިނަ އަދަދަކަށް މުސްލިމު މަސައްކަތްތެރިން އުޅެމުން އަންނައިރު މާލޭ ސިޓީގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ޚުތުބާ ކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ބަލައިލަން ބޭނުންވާކަމަށެވެ.

“މިހެން މި ދެންނެވީ މަސައްކަތްތެރިންގެ ސްލޫކާއި އަޚްލާޤު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ޚުތުބާގެ ދައުރު މުހިންމުކަމަށް ފެންނާތީ” މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރުގެ އެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެއީ ހަމައެކަނި ޚިޔާލެއް ހޯދާލުމު މަޤްޞަދުގައި ކުރެއްވި ޕޯސްޓެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ