- Advertisement -ad image

ރައީސްގެ ދެ ދަތުރުފުޅުގައިވެސް ވަނީ ރާއްޖޭގެ ތަރައްގީ އާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކޮށްފައި: ޕީޕީއެމް

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ އަދި އދ. ގެ ކޮޕް28 ކޮންފަރަންސްގައި ބައިވެރިވެވޑައިގަތުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ޕީޕީއެމުން މަރުހަބާ ކިޔައިފިއެވެ.
ރައީސް ޑރ، މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ތުރުކީ ވިލާތް އަދި އދ. ގެ ކޮޕް28 ކޮންފަރަންސްގައި ބައިވެރިވެވޑައިގަތުމަށް ޔުނައިޓަޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށެވެ.
ޕީޕަލްސްމ ނޭޝަނަލް ކޮންގްރެސްއިން ނެރުނު ބަޔާނެއްގައި ބުނީ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވާފައި ކަމަށެވެ.
ތުރުކީ ވިލާތުގެ ވެރިންނާއި، ކޮޕް28 ކޮންފަރަންސްގެ ޙަވާސާގައި ތަފާތު އެކި ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި އެޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައްވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާފައި ކަމަށް ބުނެފައިވެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްޤީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމުގައި ވެގެން ދިއުމަށް އެދޭ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ