- Advertisement -ad image

ދެން މިފެށުނީ މަޖިލީހުގެ “ސުޕަރ މެޖޯރިޓީ” ހޯދުމަށް ކުރަންޖެހޭ މަސައްކަތް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ގުޅިގެން މަސައްކަތްކޮށްފިނަމަ މަޖިލިސް އިންތިޚާބުގެ “ސުޕަރ މެޖޯރިޓީ” ނެގޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އައު އޮފީސް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ސެނެޓަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޕީއެންސީގެ ރަސްމީ އޮފީސް ހުޅުވާފައިވަނީ ކަސްޓަމްސް އޮފީސް ކައިރީ ހުންނަ، މ.ސީ-ޓްރެކް ގޭގެ 7ވަނަ ފަންގިފިލާގައެވެ.

މިރަސްމިއްޔާތަކީ، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެން، އެމަނިކުފާނު ބައިވެރިވެވަޑައިގެން ފުރަތަމަ ސިޔާސީ ޙަރަކާތެވެ. އޮފީސް ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އައު އޮފީހާއެކު މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމުގެ މަސައްކަތްތައް ރަސްމީކޮށް ފެށުނީކަމަށެވެ. އެމަނިކުފާނުގެ އިލްތިމާސަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގުޅިގެން އެ އިންތިޚާބުވެސް ކާމިޔާބުކުރުމުގެ ޢަޒުމުގައި ނުކުތުން ކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ގުޅިގެން މަސައްކަތްކޮށްފިނަމަ މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

“މަޖިލިސް އިންތިޚާބު ޕީޕީއެމް/ޕީއެންސީން ސުޕަރ މެޖޯރިޓީން ކާމިޔާބު ކުރާނަން. ގޮންޖެހުން ހުންނާނެ. ނަމަވެސް އެއީ ކުރިއެރުމަށް ލިބޭ ހިތްވަރަކަށް ވާންވާނީ. ދީނާއި ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޒިންމާ މިއީ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި މަސައްކަތުގައި ޕާޓީގެ ކޮންމެ މެންބަރެއް އަދި ކޮންމެ ރައްޔިތެއް ހަމަހަމަކަމަށެވެ. އަދި މަސައްކަތްތައް ބައްޓަންކުރައްވާނީ ޤައުމީ ވިސްނުމުގައި، ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަމަށް ވިދާޅުވިއެވެ. ކޯލިޝަންގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ