- Advertisement -ad image

މިމަހު 23ގައި ބާއްވާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ، މިމަހުގެ 23ވަނަ ދުވަހު ބާއްވާ ގޮތަށް އެ ކޯލިޝަންގެ ސެނެޓުން ނިންމައިފިއެވެ.

އެ ކޯލިޝަނުގެ ސެނެޓު ބައްދަލުވުމުގައި ވަނީ، ޕްރައިމަރީއަށް ކުރިމަތިލުމުގެ ތާރީޚުތަކާއި، ވޯޓުގައި ބައިވެރިވުމަށް ޕާޓީއާއި ގުޅެންޖެހޭނެ ފަހު ތާރީޚުވެސް ނިންމާފައެވެ.

ސެނެޓު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ޗެއަރޕަރސަން ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 7ވަނަ ދުވަހުގެ ފެށިގެން 11ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. ޕްރައިމަރީ ބާއްވާ ދާއިރާތައް ކަނޑައަޅާނީ، ފޯމު ހުށައަޅާ އަދަދުތަކަށް ބަލާފައިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެ ކޯލިޝަނުން ޕްރައިމަރީއަށް ހުޅުވާލީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނަށެވެ. ރިޔާސީ އިންތިޚާބުގައި ކޯލިޝާނާއި ބައެއް އިތުރު ޕާޓީތަކުން ގުޅުނަމަވެސް، މިހާތަނަށް ނިންމާފައި އޮތީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެކަނި މަޖިލިސް އިންތިޚާބުގައި ކުރިމަތިލުމަށް ފުރުޞަތު ދިނުމަށްކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

“ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ 10ގެ ނިޔަލަށް ޕާޓީއާއި ގުޅޭ މެންބަރުންނަށް އެކަނި. ޕްރައިމަރީ ބާއްވާނީ މިމަހުގެ 23ގައި.” ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއި ގުޅުނު އެމްޑީއޭ އަދި އެމްއެންޕީއާއި އެކު އޭރު އެއްބަސްވުންތަކަކަށް އައިނަމަވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ