ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރު ފަޅުން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ފަޒުލް ކުރެެއްވި ޓުވީޓެެއްގައި ވިދާޅުވީ އެޗްޑީސީ އިން ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރު ފަޅަށް ބަދަލުކުރުމަށް ނިންމި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.
ކުރީގެ ރައީސް ސާލިހަށް ސަނާ ކިޔާ ބައެއް މީޑިއާތަކުން ދަނީ މިފަދަ ހަގީގަތާއި ހިލާފު އެތައް ހަބަރުތަކެއް ރައްޔިތުންނަށް އޮޅުވާލުމަށް ގެނެސްދެމުންނެވެ.
ހުޅުމާލެ ފޭސް ތިނަކުން ބިން ދޫކޮށްފައިވަނީ ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްވަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ދިމާކޮށެވެ.
މާލާ ސަރަހައްދުގައި އުޅޭ މީހުންނަށް ފުށިދިއްގަރު ފަޅާއި ކާށިދޫއިން ގޯތި ދިނީމާ ކަޑައެވެ. ވާދޫ ކަނޑުގެ އަނެއްފަރާތުން ކާށިދޫ ކަނޑުގެ އަނެއް ފަރާތުން ގޯތި ދިނީމާ މާލޭ ސަރަހައްދު މީހުންނަށް ގޯތި ދިން ކަމަކަށް ނުވާނެއެވެ. ތިޔަ ރުފިޔާއިސްރާފު ނުކޮށް މިހާރު ދީފައިހުރި ގޯތިތަކުގައި މިހުނަށް ވަޒަންވެރި ވެވޭނެގޮތް ހަދާދޭށެވެ. ދައްކާވާހަކަ ގޮތްގޮތަށް އަބުރަން ނުހަދާށެވެ.