- Advertisement -ad image

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ޖަނަވަރީ 20 އަށް ފަސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލިސް އިންތިހާބު 2024 ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޖަނަވަރީ 20 އަށް ފަސްކޮށްފިއެވެ.

މީގެ ކުރިން ޕްރައިމަރީ ބޭއްވުމަށް އެ ކޮންގްރެސްއިން ނިންމާފައިވަނީ މިމަހުގެ 23 ވާ ހޮނިހިރު ދުވަހުއެވެ. މިރޭ އެ ކޮންގްރެސްއިން ކުރި އިއުލާނެއްގައި ބުނީ 2024ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށްޓަކައި 2023 ޑިސެންބަރު 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ބާއްވާ ތާރީޚް 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހަށް ފަސް ކޮށްފައިވާ ކަމަށެވެ.
އަދި އެ ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ ބާއްވާ ތާރީޚް 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހަށް ފަސްކޮށްފައިވަނީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީޚަކީ ސްކޫލް ބަންދު ދުވަސްވަރަށްވެފައި، ގިނަ ޢަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، ޢުމްރާއަށް ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ ޢާންމު މެންބަރުންގެ އެދުމުގެ މަތިން ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން، 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަށްފަހު، ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި ޢާންމު ކުރެވޭނެ ކަމަށްވެސް އެ އިލާނުގައި ބުނެފައިވެއެވެ. އަދި، ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް ޢާންމުކޮށް އިޢުލާނު ކުރާނެ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ