- Advertisement -ad image

ރައީސުލްޖުމުހޫރިއްޔާ ޖޭޕީ، އެމްޑީއޭ އަދި އެމްއެންޕީގެ ލީޑަރުންނާއި ބައްދަލުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފިއެވެ.

ގާސިމް ރައީސް މުއިއްޒާ ބައްދަލުކުރެއްވިއިރު މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ބަލާ މިންގަނޑު ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމްވެސް ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވައިފައެވެ.

ވަކިވަކިން ރައީސުލްޖުމުހޫރިއްޔާ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުންތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ނިންމަމުންދާ ނިންމުންތަކާއި މެދު ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ