- Advertisement -ad image

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށް އެއްބަސްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އެ ވުޒާރާގެ ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްޤީ ކުރުމުން، ވުޒާރާގެ މަސައްކަތްތައް އަވަސްވެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު މިސޮއިކުރި އެމް.އޯ.ޔޫގެ މަޤްސަދަކީ ރައްޔިތުންނަށް ލިބޭ ޚިދްމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް މަގުފަހިކޮށްދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ