- Advertisement -ad image

ރަސްމާލެ ހިއްކަނީ ބިން ވިއްކައިގެން އަގުދޭ އުސޫލުން: ފަޒުލް

ad image

ގުޅުންހުރި ލިޔުންތައް


“ރަސްމާލެ” ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ބިން ވިއްކައިގެން އަގު އަދާކުރާ، ކޯޕަރޭޓް ގެރެންޓީ އުސޫލުގެ ދަށުންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

“ރަސްމާލެ” މަޝްރޫޢާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މިމަސައްކަތް ހަވާލުކޮށްފައިވާ 3 ކުންފުންޏާއި މަސައްކަތް ޙަވާލުކުރީ އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢެވެ. މި މަޝްރޫޢުގެ އަގާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، މިމަޝްރޫޢު ކުރިއަށް ގެންދަނީ ބިން ހިއްކައިގެން އެބިން ވިއްކައިގެން އަގު އަދާކުރާ އުސޫލުގެ ދަށުން ކޯޕަރޭޓް ގެރަންޓީއާ އެކުގައިކަމަށެވެ.

ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ ބަދަލުގެ ގޮތުގައި މިމަޝްރޫޢުގެ ކޮންޓްރެކްޓްގައިވާ ގޮތުން މިތިން ކުންފުންޏަށް ދޭންޖެހެނީ، 70 އެކްޓަރުގެ ބިންކަމަށް ފަޒުލް ވިދާޅުވިއެވެ. މިގޮތުން 10 ހެކްޓަރުގެ ބިން ދިނުމަށް މިއެއްބަސްވުމުގެ ދަށުން ނިންމާފައިވަނީ ހުޅުމާލެއިންނެވެ. އަދި އަނެއް 60 ހެކްޓަރުގެ ބިން ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ހިއްކާ ފުށިދިއްގަރުފަޅުންނެވެ.
ފަޒުލް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ބިން ދޫކުރާނީ، ބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ހެދިފައިވާ މާސްޓަރޕްލޭންތަކުގައި ޖާގަދޭ މަސައްކަތްތައް ކުރުމަށެވެ. މި ބިންތައް އެކުންފުނިތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 49 އަހަރާއި 50 އަހަރާ ދެމެދުގެ މުއްދަތަކަށްކަމަށް ފަޒުލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ