- Advertisement -ad image

ހުޅުމާލެ ފޭސް 2 ގައި ބަންދުކުރެވިފައިވާ ސަރަހައްދަށް ހުއްދަނެތި ވަނުމަކީ މަނާކަމެއް!

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް 2 ގެ ބަންދުކޮށްފައި އޮންނަ ސަރަހައްދަށް ހުއްދަނެތި ވަނުން މަނާކޮށްފިއެވެ.
އާބަންކޯއިން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިންދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންކަމަށެވެ.

ހުޅުމާލޭގެ ފޭސް 2 ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯއިން ވަނީ މި ނޫސް ބަޔާނުގައި އިލްތިމާސް ކޮށްފައިއެވެ.

ފޭސް 2 ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށްނުވިނަމަވެސް މަދުންނަމަވެސް އާންމުން މިސަރަހައްދަށް ވަންނަކަން ފާހަގަކުރެމުން އާބަންކޯއިން ބުނެފައިވަނީ ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އާބަންކޯއިން އިލްތިމާސްކޮށްފައިވާނެކަމަށެވެ.

މި ނޫސް ބަޔާނުގައި އާބަންކޯއިން ވަނީ ހުއްދައެއްނެތި، ޒަރޫރީ އެއްވެސްބޭނުމަކާއި ނުލައި މި ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމުގަ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ