- Advertisement -ad image

ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާރބަންކޯއިން މިއަދު ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ފައިލޭރިއާއިން ރައްކާތެރި ވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން “ފައިލޭރިއާއިންރައްކާ” ގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ.
އާބަންކޯއިން ބުނީ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކެއްގައި ކަމަށެވެ. އެގޮތުން ހުޅުމާލެ ފޮގް ކުރުމަށް 20 ސަރަހައްދަކަށް ބަހާލާފައިވާކަމަށް އާބަންކޯއިން ބުނެފައި ވެއެވެ. ފޮގް ކުރުން ކުރިއަށް ގެންދަނީ ކޮންމެ ދުވަހަކުވެސް ފަތިހު 5:00 – 6:00 އަށް، އަދި އިރު އޮއްސި 6:00 – 7:00 އަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ވަނީ ފޮގް ކުރުން ކުރިއަށް ދާ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހުޅުމާލެއިން މަދިރި މަދުކުރުމަށް މީގެ ކުރިން ވެސް އާބަންކޯއިން އިސްނަގައިގެން ތަފާތުހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. މިގޮތުން އެކި ސަރަހައްދު ފޮގް ކުރުމާއި، މަދިރިއާލާވާ ފަދަ ތަންތަން ނައްތާލުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

މީގެއިތުރުން ފައިލޭރިޔާ ފެތުރުން ހުއްޓުވުމަށް އާބަންކޯއިން ހާއްސަ އިސްކަމެއް ދީގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ސްކްރީން ކުރުން އެޗްޕީއޭ އާ ގުޅިގެން ވަނީ މިމަހުގެ ތެރޭގައި ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ