- Advertisement -ad image

އެމްޑީޕީގެ ސުޕަރމެޖޯރިޓީ ރޫޅަލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ތަމްޞީލުކުރައްވާ 13 މެންބަރަކު، ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީއާއި ގުޅިވަޑައިގެންފިއެވެ.

މި 13 މެންބަރުން ޕީ.އެން.ސީއާއި ގުޅިވަޑައިގެންކަން އިޢުލާންކުރައްވާފައިވަނީ ދަރުބާރު ގޭގައި މިރޭ އޮތް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ “ދިވެހީންގެރާއްޖެ ފެށުން” ޖަލްސާގެ ތެރެއިންނެވެ.

ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީގެ މެންބަރުންގެ ފޯމުތަކާއި ޙަވާލުވެވަޑައިގަތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ޕީ.އެން.ސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުން އެ ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއްކަން ފާހަގަކުރައްވާ، މިރޭގެ ޖަލްސާގައި ރައީސް ވަނީ ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީގެ މެންބަރުންނަށް މަރުޚަބާ ދަންނަވާފައެވެ.

ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި މަޖިލިސް މެންބަރުންނަކީ:
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް
އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު
ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް
މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު
ނިލަންދޫ ދާއިރާގެ ޢަބްދުލްމުޙުސިން ޙަމީދު
މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ
ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު
ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން
ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒު

މިރޭ ޕީއެންސީއާ ގުޅިވަޑައިގެން މެންބަރުންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބުރާހިމް ޝަރީފު ވިދާޅުވީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތުން ރައީސަކު ހޮވީމާ އަޒުލު ކުރުމުގެ ވާހަކަ ދެއްކުމަކީ ބިރުވެރި ކަމެއް ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދޭން ޖެހޭނެކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ކަމަށާއި ދައުރު ނިންމާލީވެސް އެކަމަށް ފުރުސަތު ނުދީ ކަމަށެވެ. އެހެން ގައުމު އިސްކޮށް އެމްޑީޕީއާ ދުރަށް ދިއުމަށް ނިންމީތީ ޕީއެންސީއަށް ސޮއިކުރެއްވީ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ