- Advertisement -ad image

އާ އަހަރާއެކު މާވެޔޮ މިސްކިތްކައިރީ މަގު އާއްމުންނަށް ހުޅުވާލާނެ: ފަހުމީ

ad image

ގުޅުންހުރި ލިޔުންތައް


އާ އަހަރު އެއްވެސް ހުރަހެއްނެތި މާވެޔޮ މިސްކިތްކައިރި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު، ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ މަގުމަތިން ނަގާފައި ކަމަށެވެ.
“ މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ “ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ދިވެހީންގެރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ.
މިއީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ހުސައިން ފަހުމީ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ވެވަޑައިގެންނެވި ވައުދެކެވެ. އެގޮތުން އެވައުދާ އެއްގޮތައް މާވެޔޮ މިސްކިތް ކައިރީގައި ރައްޔިތުންނަށް ތަކުލީފަކަށް ވާގޮތައް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް އެތަނުން ނަގައި، މަގުގެ އެ ސަރަހައްދު ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ