- Advertisement -ad image

“މަދިރިން ރައްކާ”ގެ ނަމުގައި ގައުމީފެންވަރުގެ ހަރަކާތެއް ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ މަދިރި މަދުކުރުމަށް “މަދިރިން ރައްކާ” ގެ ނަމުގައި ގައުމީ ފެންވަރުގެ ހަރަކާތެއް ފަށަން ނިންމައިފިއެވެ. މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 7:30 ގައި ހުޅުމާލެ ފޭސް 1 ގެ ރިވެލި ޕާރކުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އެންވައަރަމެންޓް މިނިސްޓަރ އަލްފާޟިލް ތާރިގް އިބްރާހިމްއެވެ. މިއީ އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން އަރބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށްވެސް ވަނީހަމަޖެހިފައެވެ. ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ 15 ޓީމް އަކަށް ބަހާލައިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައްވެސް ހިމެނޭ ގޮތަށެވެ. ހަމަ މިއާއެކު ސާފުކުރުމުގެ މި ބޮޑު ހަރަކާތް ކުރިއަށް ދާނީ ހެލްތް މިނިސްޓްރީ އަދި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އާއި ގުޅިގެންނެވެ.
މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އަރބަންކޯއާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވެއެވެ. އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯރސް އެއް އެ ކޯޕަރޭޝަނުން ވަނީ އެކުލަވާލައިފައެވެ. މީގެ އިތުރުން އެކޯޕަރޭޝަނުގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިން ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އާރބަންކޯއިން ހާމަކުރެއެވެ. ވީހާވެސް ގިނަ ފަރާތްތަކުން މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް އެކޯޕަރޭޝަނުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ