ކަރަންޓް ކެނޑޭ ވަގުތުތަކުގައި ސްޓެލްކޯއާއި، ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާމެދު މަޝްވަރާކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ދޫނިދޫގެ ޕަވަރ ސިސްޓަމް އެސެސްމަންޓެއް ހަދައި އެ ސިސްޓަމް އަޕްގްރޭޑް ކުރުމަށްވެސް ފުލުހުންގެ އިސްވެރިންނާއެކު މިއަދު މަޝްވަރާ ކުރި ކަމަށެވެ.
އަދި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާއި ގުޅޭގޮތުން އަދި ކަރަންޓް ކެނޑޭ ވަގުތުތަކުގައި، ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.
މީގެއިތުރުން ފުލުހުންގެ އިންޖީނިއަރުންނަށް މިކުންފުނީގައި ޖޮބް އެޓޭޗްމަންޓް ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން ފުލުހުންގެ އިސްވެރިންނާއި، ސްޓެލްކޯގެ ވެރިން މިއަދު ވަނީ ބައްދަލުކޮށް މަޝްވަރާކުރައްވާފައެވެ.



