- Advertisement -ad image

މިނިސްޓްރީގެ ހުއްދަނެތި އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަނީ

ad image

ގުޅުންހުރި ލިޔުންތައް

ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތި އުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުން އަންނަނީ “އަލް މަޝްއަރު ހައްޖު އުމްރާ” އާއި “ވަޑި ހައްޖު އެންޑް އުމްރާ” އިން ކަމަށެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ކުންފުންޏަކީ މިނިސްޓްރީގެ ހުއްދަ ނޯންނަ ދެ ކުންފުނި ކަމަށެވެ. އަދި އެ ދެ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް އިއުލާންކޮށް ފައިސާ ނަގަމުންދާކަން މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށް ވެސް ބުންޏެވެ.

ހަމައެހެންމެ، މިއީ މަނާ ކަމެއް ކަމުގައި ވާތީ، މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

“މިއީ މަނާ ކަމެއް ކަމުގައި ވާތީ، މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް އިލްތިމާސް ކުރަމެވެ،” މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ