- Advertisement -ad image

ހެޔޮކަންކަމަށް ކުރާ ޚަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ހިންގާ ގުރުއާން ކުލާސްތަކާއި މިސްކިތްތަކަށް ވަރަށް ބޮޑަށް އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެހެންވެ ސަދަގާތާއި ހައިރާތާއި ހެޔޮކަންކަމަށް ދިވެހިން ކުރާ ހަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި އެހީތެރިކަމަށް ބޭނުންޖެހިފައިވާ ގުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތައް ގިނަ އަދަދަކަށް ހުރި ކަމަށެވެ. އެ ތަންތަނަށް ގޮނޑިއާއި އެނޫންވެސް ވަސީލަތްތަކުގެ ބޭނުން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ރާއްޖޭގެ 700 އެއްހާ މިސްކިތް ހުރޭ. އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭ. ރާއްޖޭގެ ކިތައްމެ ޤުރުއާން ކުލާހެއް އެބަހުރި ހުއްޓިފައި. ކިތައްމެ އެދުރުގެއެއް އެބަހުރި ހުއްޓިފައި. ގޮނޑި އާއި އެ ނޫން ވެސް ވަސީލަތްތައް އެ ތަންތަނަށް ބޭނުންވޭ،” މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ސަދަގާތުގެ ފައިސާ ބޭރަށް ޚަރަދު ކުރާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އެއީ ވެސް ރަނގަޅުކަންކަން ކަމަށާއި، އެހެން ނަމަވެސް ސަދަގާތް ކުރުމުގައި ރާއްޖޭގެ އެތެރޭގެ ޙާލަތަށް ވެސް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިންސާނީ ޚާއްޞަ ހާލަތެއް މެދުވެރިވެފައިވާ ބޭރުގެ ފަރާތްތައް އިސްތިސްނާވެގެންވާ ގޮތުގައި، ރާއްޖޭގެ ރައްޔިތުން ސަދަގާތް ޚައިރާތާއި ހެޔޮކަންކަމަށް ކުރާ ޚަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް، ފަސޭހައިން ސަދަގާތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ