- Advertisement -ad image

އެކަށީގެންވާ ހިދުމަތެއް ޕާޓީއަށް ކޮށްފައިނުވާ މީހުންނަށް ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމް/ޕީއެންސީ ދެ ޕާޓީ އަށް އެކަށީގެންވާ ވަރަށް ހިދުމަތް ނުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ބައެއް މީހުންނަށް ފުރުސަތު ނުދޭން ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސަކަށް ހުންނަވާ އަދި އެ މަނިކުފާނުގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ޗެއާމަންކަން ކުރައްވާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އެޕާޓީން ނިންމާފައިވާ ދެ ކެންޑިޑޭޓަކީ ލ. މާވަށު ދާއިރާއަށް ކުރިމަތިލެއްވި މޫސާ ފައިސަލް އާއި ޅ. ނައިފަރު ދާއިރާއަށް ކުރިމަތިލެއްވި ޙުސެއިން ޢަރްބާން ފައްވާޒެވެ.

ޕީއެންސީން މީގެކުރިން ވެސް ހާމަކުރި ގޮތުގައި އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށެވެ. ޕީއެންސީން އެންމެ އިސްކަމެއްދޭ އެއް ޝަރުތަކީ އެނގިފައިވާ ގޮތުގައި، ޕީޕީއެމް/ޕީއެންސީ އަށް އެކަށީގެންވާ ވަރުގެ ހިދުމަތްތަކެއް ކޮށްދީފައިވުމެވެ.

އަބްދުއްރަހީމް ސޮއިކުރައްވައި ޢަރްބާންއަށް ފޮނުއްވާފައިވާ ވާގޮތުންއޭނާގެ ޝަރުތު ހަމަނުވަނީ، އޭނާ އެޕާޓީއަށް އެކަށީގެންވާ މިންވަރަށް ޕާޓީއަށް ޚިދުމަތްކޮށްފައި ނުވާތީ ކަމަށެވެ.  

މީގެ އިތުރުން ފައިސަލްއަށް ފޮނުވި ސިޓީގައި ވެސް ވަނީ އެ ޕާޓީގެ ކޯލިޝަންގައި ވާދަކުރުމަށް އޭނާގެ ޝަރުތުހަމަނުވާ ކަމަށް ބުނެފަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ރިޔާސީ އިންތިޚާބަށްފަހު އެ ޕާޓީގެ މެންބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތުގައި ބައިވެރިވެ އެކަން ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

ޕީއެންސީއިން އަދި ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަން އަންގާފައިވަނީ ކިތައް މީހުންނަށް ކަން ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޕީއެންސީން ވަކި އެއްޗެއް އަދި ނުބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ