މަކަރާ ހީލަތުގެ މައްސަލައެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ހޯދަން ފަށައިފިއެވެ.
ހުޅުމާލެ ފޭސް ދޭއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާ އިއުލާނުކޮށްފައެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު:
ޅ. ނައިފަރު / ސައިމާގެ، މަރިޔަމް ސަޢީދާ (31އ)
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: މ. މުލި / ނައިޓްރޯސް، އިސްމާޢީލް ޙަމީދު (37އ)
ފުލުހުން ބުނީ މި ދެމީހުން ހާޒިރުވާން އެންގީ މި މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް ކަމަށެވެ.
އެގޮތުން 27 ޖެނުއަރީ 2024 ވަނަ ދުވަހުގެ 10 ޖަހާއިރަށް ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާ އިއުލާނުކޮށްފައިވެއެވެ.