- Advertisement -ad image

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، ސިފައިންގެއަށް ޒިޔާރަތްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، އެޑްމިރަލް ޖޯން ސީ އެކިއުލީނޯ އެމްއެންޑީއެފްގެ މައި މަރުކަޒަށް ޒިޔާރަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެމެރިކާގެ ކޮމާންޑަރ، އެޑްމިރަލް ޖޯން ސީ އެކިއުލީނޯ ސިފައިންގެއަށް ވަޑައިގެންނެވުމުން، މަރުހަބާ ދެންނެވީ، އެމްއެންޑީއެފްގެ އެޑްޖުޓެންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ. އަދި، އެޑްމިރަލް ޖޯން ސީ އެކިއުލީނޯގެ ޝަރަފުގައި އެމްއެންޑީއެފުން ވަނީ އޮނަރ ގާޑެއް އަރުވާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެެވެ.

އެޑްމިރަލް އެކިއުލީނޯ އެމްއެންޑީއެފްގެ މައިމަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުމުގައި އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ރައްކާތެރިކަން ކުރިއެރުވުމަށާއި، ދެ ފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި އެއްބާރުލުން ދިނުން އާލާކުރުމާ ބެހޭގޮތުން ދެ ބޭފުޅުންވެސް މަޝްވަރާ ކުރެއްވިއެވެ.

އެޑްމިރަލް އެކިއުލީނޯ އެމްއެންޑީއެފްގެ މައިމަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ވަފުދާއެކު އަސްކަރީންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ސީނިއަރ އެންލިސްޓެޑް ލީޑަރުން (އެސްއީއެލް) އާ އެކު އިންޓަރެކްޓިވް ސެޝަނެއް ވެސް ބޭއްވިކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފަ އެވެ.

އަދި މި ސެޝަންގައި، އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ވަފުދާއެކު، ދެ އަސްކަރިއްޔާގެ އެންސީއޯއިންގެ ގުޅުން ބަދަހިކުރުމުގެ މައްޗަށާއި، ދެ އަސްކަރިއްޔާގެ މެދުގައި ހިއްސާކުރެވޭ އަގުތަކާއި އެއްބާރުލުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި މަޝްވަރާކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ